ސެޕްޓެމްބަރު 23 ގައި ބާއްވާނެ ކަމަށް ސަރުކާރުން ބުނާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ރީރަޖިސްޓްރީކުރަންޖެހޭ އެންމެން ވީހައިއަވަހަކަށް ރީރަޖިސްޓްރީކުރުމުގެ ކަންކަން ނިންމަން ގުޅިފައިވާ ކޯލިޝަނުގެ ރަނިންމޭޓް ފައިޞަލް ނަސީމް އެދިވަޑައިގެންފި އެވެ.
ފައިޞަލް މިއަދު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް ވަރަށް މުހިންމު އިންތިޚާބެއް ކަމަށާއި މިފަދަ އިންތިޚާބެއްގައި ރައްޔިތުން އެދޭ ގޮތަށް ނަތީޖާ ނެރުމަށްޓަކައި އެންމެ ވޯޓަކީވެސް ހަމަ ވަރަށް މުހިންމު ވޯޓެއް ކަމަށެވެ.
ކޯލިޝަނުން މިއަދު ބުނީ ރީރަޖިސްޓްރީކުރަން މަޑުކޮށްފިނަމަ ރައީސް ޔާމީނަށް ތާއީދުކޮށް ވޯޓު ނުދޭނެކަމަށް ފާހަގަކުރެވޭ މީހުން ރީރަޖިސްޓްރީކޮށްދޭން އިލެކްޝަންސް ކޮމިޝަނުން ބަހަނާތައް ދައްކައި ރީރަޖިސްޓްރީކޮށް ނުދީފާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ.
އެމްޑީޕީ ހަރުގޭގަ އާއި ޖޭޕީގެ މައި އިދާރާ މ. ކުނޫޒުގައި މިހާރު ވަނީ ވަރަށް ފަސޭހަކަމާއިއެކު ރީރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފައެވެ.