ގެރިއާ ގުޅުވައިގެން އަނިޔާކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ދާރުލްއުލޫމުން ގޮވާލައިފި
ގެރިއާއި ގުޅުވައިގެން އަނިޔާކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ދާރުލްއުލޫމުން ގޮވާލައިފިއެވެ.
ދާރުލްއުލޫމުން ރޭ ބޭއްވި ބައްދަލުވުމަކަށްފަހު ބުނެފައިވަނީ މިސަރުކާރަކީ ވަރަށް އަނިޔާވެރި ސަރުކާރެއް ކަމަށެވެ. އަދި ފަޤީރުންނަށް އެއްވެސް ވަރަކަށް އަޅައިލުމެއް ނެތް ސަރުކާރެއް ކަމަށެވެ.
ސަބަބެއް ކަމަށް ބުނެފައިވަނީ އިންޑިއާގައި ޢާންމު ގޮތެއްގައި ގެރި ގެންގުޅެނީ ފަޤީރުން ކަމަށްވާއިރު އެމީހުންނަކީ ބޮޑު އަގުދީފައި ކިރު ގަނެވޭނެ ބައަކަށް ނުވާތީ ކިރު ބުއިމަށް ގެރި ގޭގައި ގެންގުޅެން ޖެހޭކަން އެނގޭއިރުވެސް ގެރިއެއް އުފުލުމުން ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދިއުމުން އަނިޔާކޮށް ތަޅައި، ބަޑިޖަހާ މަރަމުން ގެންދާއިރުވެސް މޯދީގެ ސަރުކާރުން އެކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދޭ ކަމަށެވެ.
ގޭގައި ގެންގުޅެން ގެރިއެއް ގެންދިއަ މީހަކަށް 5 މީހުންގެ ގޭންގަކުން ހަމަލާދީ މީގެ ދެ ރޭ ކުރިން މަރާލާފައިވާކަން ވެސް މުސްލިމް ޢިލްމްވެރިން ވަނީ ފާހަގަކޮށްފައެވެ.