އިސްލާމް ދީން ޙިމާޔަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށާއި އެ މަސްއޫލިއްޔަތު ވަކި މީހަކަށް، ވަކި ބައަކަށް ޚާއްޞައެއް ނުކުރެވޭނެ ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވި ސަބަބު ބަޔާންކުރައްވާފައެއް ނުވެއެވެ. ނަމަވެސް ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކައި ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތް ކުރެވޭނީ ހަމައެކަނި އެމީހުންނަށް ކަމަށް ބުނަމުން ގެންދާ ވަގުތެއްގައި މިފަދަ ބަސްފުޅެއް ވިދާޅުވުމުން މިއީ އެފަދަ ފަރާތްތަކަށް ވިދާޅުވެފައިވާ ބަސްފުޅެއް ކަމަށް ޤަބޫލުކުރެވެއެވެ.
"އިސްލާމް ދީން ޙިމާޔަތްކުރުމަކީ އަޅުގަނޑު ދެކޭ ގޮތުން ވަކި ޚާއްޞަ ބައަކާ ގުޅިފައިވާ ކަމެއް ނޫން. އެއީ އަޅުގަނޑުމެން ވެސް ޝާމިލްވާ، ހަމަ އެންމެންގެ ކަމެއް! އެންމެންގެ މަސްއޫލިއްޔަތެއް! ވަކި މީހަކަށް، ވަކި ބައަކަށް ޚާއްޞައެއް ނުކުރެވޭނެ!"
Islam dheen himaayai kurumakee alhugandu dhekey gothun vaki khaassa bayakaa gulhifaivaa kameh noon! Eiy alhugandumen ves shaamilvaa, hama enmen ge kameh! Enmen ge masooliyyatheh! Vaki bayakah, vaki meehakah khaassa eh nukureveyne!
— Ali Zaid (@alizaid1000) July 22, 2018