ސަރުކާރުގެ އަނިޔާވެރިކަމަށް ތާއީދުކޮށް އެއްބާރުލުން ދޭނަމަ ފިޔަވަޅު އެޅުން ދޮރުގަ ޓަކިޖަހަން ފަށައިފި
ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގެ އަނިޔާވެރިކަމަށް ތާއީދުކޮށް އެއްބާރުލުން ދޭނަމަ އެފަރާތްތަކަށް ފިޔަވަޅު އެޅުން ދޮރުގައި ޓަކިޖަހަން ފަށައިފިއެވެ. އަތްފޯރާ ފަށަށް ގާތްވެއްޖެއެވެ.
މިކަމާއި ގުޅިގެން ކަމުގެ ޙަޤީޤަތް އެމީހަކު ބޭނުން ގޮތަކަށް ބަދަލުކޮށް ތަފާތު ގޮތްގޮތަށް ބަދަލުކޮށްގެން ވާހަކަތައް ފެތުރިނަމަވެސް ކަމުގެ އަސްލަކީ ރާއްޖޭގައި ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއް ބޭނުންވާ ކޮންމެ ވަގުތަކު މަޖިލީހުގައި ތިބި ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ ތާއީދާއިއެކު ބަދަލުކޮށް ޤާނޫނު އަސާސީގެ ބާރު ކަނޑުވަމުން ގެންދިއުމާއި އަދުލު އިންސާފު ޤާއިމުކުރުމުގައި ހުރި މައްސަލަތައް ކަމަށް ދިރާސާ ކުރައްވާ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ރައްޔިތުންގެ އެންމެ އަސާސީ ޙައްޤުތަކާއި ގުޅިފައިވާ ކަންކަމުގައިވެސް ޤާނޫނުތަކަށް ބަދަލު ގެންނަމުން ދިއުމާއި ރިޔާސީ އިންތިޚާބު ދާދި ކަރިވެފައިވަނިކޮށް އިންތިޚާބުތަކާއިބެހޭ ޤާނޫނަށް ގެނެސްފައިވާ ބަދަލުތައްވެސް މިކަމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމަށްވެސް އެބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ދައުލަތަށް ޓެކްސް ދެއްކި ނަމަވެސް ޤާނޫނުތައް ބަދަލުކޮށް ރައްޔިތުންގެ ހައްޤުތަކަށް އުނިކަން ގެނައުމަށް ތާއީދުކޮށް އެހީތެރިވާނަމަ އެ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަކީ ޤައުމުތަކާއި ޖަމާއަތްތަކުން ކުރަމުން ގެންދާ ކަމެކެވެ.
ގުޅުންހުރި މުހިންމު ލިޔުމެއް:
https://assets.publishing.service.gov.uk/government/uploads/system/uploads/attachment_data/file/727301/HM_Treasury_Notice_19_07_2018_Maldives.pdf