މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެރަށެއްގައި ފުލުހުން ހިންގި ދެއޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 18 އަހަރުންދަށުގެ ކުއްޖަކާއި އިތުރު ދެމީހަކު ހައްޔަރުކޮށްފިއެވެ.
އެގޮތުން ށ.ފުނަދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއިގުޅިގެން، ށ، ފުނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ޖުލައި 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނެކެވެ. މާލެއިން ފުނަދުއަށް އައި ބޯޓަކުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ފިލްމް ހުސްކުރި ދަޅެއް މިމީހާގެ އަތުން ފެނިފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ވަނީދީފައެވެ.
މީގެއިތުރުން ރ. މީދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރ. މަޑުއްވަރި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ޖުލައި 21ވަނަ ދުވަހުގެ ރޭ 19:30 ހާއިރު ހިންގި އޮޕަރޭޝަންގައި 18 އަހަރުން ދަށުގެ ކުއްޖަކާއި 26 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މަޑުއްވަރި ބަނދަރު ސަރަހައްދުން މިމީހުން ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ރަބަރު ޕެކެޓަކާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 4 ސެލޯފިންކޮޅު މިމީހުންގެ އަތުން ފެނިފައިވެއެވެ.
މިދެމައްސަލަ ފުލުހުންދަނީ ތަޙުޤީޤު ކުރަމުންނެއެވެ.
ޙަބަރު ޕޮލިސް