އެކަމުގެ ހެކި ދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވެފައިވަނީ "ދޮގު ހަދާ ފާފަވެރި ކޮންމެ މީހަކަށް ހަލާކާއި ގެއްލުން ހުރި" ކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާފައވާ ކަމަށެވެ.
ޝައިޚް އިލްޔާސް މިމޭރުމުން ވިދާޅުވެފައިމިވަނީ ސިޔާސީ ފިކުރު ތަފާތުވުމުން އެއްވެސް ޙައްޤެއް ނެތި ދޮގު ބަދުނާމްތައް ސިޔާސީ ވާދަވެރިންގެ ކިބައިގައި އަޅުވަމުން ގެންދާ ވަގުތެއްގައެވެ. ރައީސް ޢަބްދުﷲ ޔާމީން ހަނިމާދޫގައި ރާއްޖޭގެ ރައްޔިތުންނާއި މުޚާޠަބް ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ބަދުނާމު ކުރެއްވުމަށް ބޮޑެތި ދޮގުތައް ހެއްދެވިކަން ޤާސިމް އިބްރާހީމްގެ ޤާނޫނީ ވަކީލުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.
"ތިމާގެ ޚިޔާލާ ފިކުރު ޤަބޫލު ނުކުރާ ކޮންމެ މީހަކީ ދޮގުހަދާ މީހަކަށް ހަދައި އެމީހަކު ބަދުނާމުކުރުމަކީ މުއުމިނުންގެ ސިފައެއް ނޫނެވެ! އެއީ ދޮގުވެރިންގެ ސިފައެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. "ދޮގު ހަދާ ފާފަވެރި ކޮންމެ މީހަކަށް ހަލާކާއި ގެއްލުން ހުއްޓެވެ."
Thimage khiyalai fikuru Qaboolunukuraa komme meehakee dhoguhadha meehakahadhai a meehaku badhunamukumakee moominunge sifaeh nooneve a e dhoguveringe sifaeve. الله vaheekuravvaifaiveve:
— Ilyas Hussain (@ilyaasipa) July 22, 2018
(وَيلٌ لِكْلّ أفٌَاكٍ أثيم)
"Dhoguhadha faafaveri komme meehakah halakaai gellun hutteve"