10 ރަށެއް ކުއްޔަށް ދިން މައްސަލައެއްގައި އަދީބުގެ މައްޗަށް ދައުވާ އުފުލައިފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
10 ރަށެއް ކުއްޔަށް ދިން މައްސަލައެއްގައި އަދީބުގެ މައްޗަށް ދައުވާ އުފުލައިފި

ޤާނޫނާއި ޚިލާފަށް 10 ރަށެއް ކުއްޔަށް ދިން މައްސަލައެއްގައި މައްސަލައެއްގައި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ މައްޗަށް، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދާ ދިނުމުގެ ދައުވާ ދައުލަތުން އުފުލައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި މިމައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އަދީބުގެ މައްޗަށް ދައުވާ ކުރީ، ޓޫރިޒަމްގެ ޤާނޫނުގެ ހަތަރު ވަނަ މާއްދާއާއި ޚިލާފަށް 10 ރަށެއް ކުއްޔަށް ދޫކުރި ކަމަށް ބުނެއެވެ.
ކުރީގެ ނައިބު ރައީސް އަދީބުގެ މައްޗަށް ދައުވާ ކުރީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. މިއިން ދައުވާއެއް ސާބިތުވެއްޖެނަމަ، އަދީބުގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އޭނާގެ މައްޗަށް އުފުލި ދައުވާތަކުގައި ވަނީ ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން ޜ. ރާފުއްޓާއި ނ. މާކަނާފުއްޓާއި ބ. މަޑުއްވަރީ އާއި މާލެ އަތޮޅުގެ ދެ ފަޅަކާއި އދ. ނަފުއްޓާއި ރ. އުތުރުމާފަރާއި ތ. އެކުރިފުއްޓާއި، ބ. ލަންދޫ، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ރައީސް ޔާމީން ކަނޑައެޅުއްވުމުގެ ކުރިން އެމްއެމްޕީއާރްސީ އިން 50 އަހަރަށް ކުއްޔަށް ދޫކުރަށް ބަޔަކާ ހަވާލު ކުރުމަށް އެއްބަސްވުން ހެދި މައްސަަލައިގައެވެ.


މިއަދު އޮންލައިން