ޕާކިސްތާނުގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަޙްމޫދު އައްބާސީ އާއި ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޕާކިސްތާނުގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަޙްމޫދު އައްބާސީ އާއި  ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި
ޕާކިސްތާނުގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަޙްމޫދު އައްބާސީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް އާދަމް ޝަރީފު ޢުމަރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ޕާކިސްތާނުގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަޙްމޫދު އައްބާސީގެ މި އިޙްތިރާމްގެ ޒިޔާރަތަކީ، އެމަނިކުފާނު މިހާރު ރާއްޖެ ޒިޔާރަތްކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޑިފެންސް މިނިސްޓަރުގެ އަރިހަށް ކުރެއްވި ޒިޔާރަތެކެވެ.

މިއަދު ޑިފެންސް މިނިސްޓްރީގައި އޮތް މި ބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގެ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާއާ ދެމެދު އޮތް ބަދަހި ގުޅުމާއި ބެހޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ތަމްރީނުތައް ހިންގުމާއި ގުޅޭގޮތުންނާއި، އަސްކަރީ ދާއިރާއިން ދިވެހި ސިފައިންގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް ބިނާކުރުމަށް އެހީތެރިވެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވެވުމުގައި، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުހައިރާއި، ޑިޕާޓްމަންޓް އޮފް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑައިރެކްޓަރ ޖެނެރަލް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި، ޑިޕާޓްމަންޓް އޮފް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑެޕިޔުޓީ ޑައިރެކްޓަރ ޖެނެރަލް ކާނަލް ޢަބްދުލްމަތީން އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު އޮންލައިން