މާމެންދޫއާއި ގެމަނަފުށީގެ ނަރުދަމާގެ މަސައްކަތް އެސްޖޭއާ ހަވާލު ކޮށްފި

ކިޔުމަށް ހޭދަވާނީ 54ސ
މާމެންދޫއާއި ގެމަނަފުށީގެ ނަރުދަމާގެ މަސައްކަތް އެސްޖޭއާ ހަވާލު ކޮށްފި
ގއ. މާމެންދޫ އާއި އެއަތޮޅު ގެމަނަފުށީ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފިއެވެ.



މިކަމާއޮ ގުޅޭގޮތުން އެންވައިރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވުނު ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ތޯރިޤު އިބްރާހިމް އެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝިހާދެވެ.



މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިޤް ވިދާޅުވީ ފެނާއި ނަރުދަމާ ރާއްޖޭގެ ރަށްރަށުގައި ޤާއިމުކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމުގައި ބޮޑެތި ކާމިޔާބީތަކެއް ވެސް ލިބެމުން އަންނަ ކަމަށެވެ.

ނުވަ މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި މިމަސައްކަތް ނިންމުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފައިވަނީ 22،281،512.70ރ. ގެ އަގަކަށެވެ.

މިއަދު އޮންލައިން