ހުޅުމާލޭގައި އިއްޔެ ހަވީރު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާއަށް އިތުރު ހުޅުމާލޭ ހޮސްޕިޓަލުން ފަރުވަ ދިނުމަށްފަހު އިތުރު ފަރުވާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ބަދަލު ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 29 އަހަރުގެ އެޒުވާނާއަށް ހަމަލާ ދީފައިވަނީ ހުޅުމާލެ ގާޒީ ސްކޫލް ކައިރިންނެވެ. އެޒުވާނާގެ ހަށިގަނޑުގެ ފަސް ތަނަކަށް ތޫނު އެތިން ހަމަލާ ދީފައިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ހުޅުމާލެ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލުން ނަގާފައިވާ އެކްސްރޭ އާއި ސްކޭނުން، އެޒުވާނާއަށް އިތުރު ގެއްލުމެއް ލިބިފައިވާކަން ސާފުކޮށް ފެންނަން ނެތުމުންނާއި ޒުވާނާގެ ދަށްބަނޑަށް ތަދުވާކަމަށް ބުނާތީ ސީޓީ ސްކޭން ހެދުމަށާއި އިތުރަށް ބެލުމަށް އިއްޔެ އިރުއޮއްސުނު ވަގުތު އެމީހާ އައިޖީއެމްއެޗް އަށް ބަދަލުކޮށްފައިވާ ކަމަށެވެ.