ރީރަޖިސްޓްރީކުރަން އެމީހެއްގެ ފޯމް ހުށަހެޅުނުކަން ބެލުމަކީ އެމީހެއްގެ ކަމެއް: އިލެކްޝަންސް ކޮމިޝަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރީރަޖިސްޓްރީކުރަން އެމީހެއްގެ ފޯމް ހުށަހެޅުނުކަން ބެލުމަކީ އެމީހެއްގެ ކަމެއް: އިލެކްޝަންސް ކޮމިޝަން
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީކުރަން އެމީހެއްގެ ފޯމް އިލެކްޝަންސް ހުށަހެޅުނުކަން ބެލުމަކީ އެމީހެއްގެ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ ރީރަޖިސްޓްރީ ކުރުމުގެ ކަންކަން ކޮންމެ ފަރާތަކަށްވެސް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އޮފީސްތަކަށާއި ސިޔާސީ ޕާޓީތަކަށާއި މަދަނީ ޖަމާއަތްތަކަށާއި އެނޫންވެސް އެފަދަ ފަރާތްތަކަށް ކުރެވިދާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ކޮންމެ ފަރާތަކާއި ރީރަޖިސްޓްރޭޝަން ފޯމް ހަވާލުކުރި ނަމަވެސް އެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ލިބުނުކަން ބަލައި ލިބުނުކަން ކަށަވަރު ކުރުމަކީ އެމީހެއްގެ ކަމެއް ކަމަށެވެ. ފޯމް ފުރުވާ ފަރާތުން ފޯމް ހުށަނާޅައިގެން ކުރިމަތިވާ މައްސަލަތަކަށް އެކޮމިޝަނުން ކުރެވޭނެ ކަމެއް ނުއޮންނާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެއްވެސް ސަބަބެއް މެދުވެރިވެގެން ފޯމް އިލެކްޝަންސް ކޮމިޝަނަށް ނުފޯރާފާނެ ކަމާއިމެދު އެއްވެސް ވަރެއްގެ ޝައްކެއް އޮތްނަމަ އިލެކްޝަންސް ކޮމިޝަނުގެ މަރުކަޒަކަށް ގޮސް އިތުރު ފޯމެއް ފުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި ދެވަނަ ފޯމެއް ފުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަކު ދެ ފޯމް ފުރައިފިނަމަ 1 ފޯމް ކެންސަލްކުރާނީ ކަމަށެވެ.

ރާއްޖޭގައި މީގެ ކުރިން ބޭއްވި އެއްވެސް އިންތިޚާބެއްގައި މިނިސްޓްރީތަކާއި އޮފީސްތަކުން މުވައްޒިފުން ރީރަޖިސްޓްރީ ކުރާ ފޯމް ފުރައި އެފޯމްތަކާއި ހަވާލުވިކަން އެނގިފައެއް ނުވެއެވެ.
މިއަދު އޮންލައިން