އެޑްވައިޒަރީ ކޮމިޝަނުގެ ލަފާ ހޯދުމަކީ ލާޒިމުކަމެއް ނޫން: އިލެކްޝަންސް ކޮމިޝަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
އެޑްވައިޒަރީ ކޮމިޝަނުގެ ލަފާ ހޯދުމަކީ ލާޒިމުކަމެއް ނޫން: އިލެކްޝަންސް ކޮމިޝަން
މިއަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ލަފާދިނުމަށް އެކުލަވާލާފައިވާ އެޑްވައިޒަރީ ކޮމިޝަނުގެ ލަފާ ހޯދުމަކީ ލާޒިމުކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނުގެ ރައީސް ޝަރީފް މިއަދު ވިދާޅުވީ ކޮމިޝަނުން މިހާރު ނިންމާފައިވާ ބައެއް ކަންކަން ނިންމާފައިވަނީ އެޑްވައިޒަރީ ކޮމިޝަނާއި މަޝްވަރާކޮށްފައި ނޫން ކަމަށެވެ.

ޝަރީފް ވިދާޅުވީ އެޑްވައިޒަރީ ކޮމިޝަނާއިއެކު ބައްދަލުވުންތައް ނުބޭއްވޭ ސަބަބުތައް އެބަހުރި ކަމަށާއި ބައްދަލުވުންތައް ނުބޭއްވުނު ނަމަވެސް އިންތިޚާބާއި ބެހޭ ކަންކަން ކުރަންޖެހޭ ތާރީޚުތަކަށް ކުރަމުން ގެންދާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކަންކަމަށް ބޮޑެތި ބަދަލުތައް ގެންނަމުންދާއިރު އެޑްވައިޒަރީ ކޮމިޝަނުގެ ލަފާ ނުހޯދާއިރު ރައްޔިތުންގެ ޚިޔާލުވެސް ހޯދަމުން ނުދާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މިއަދު އޮންލައިން