ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެންމެންނަށް ވޯޓުލުމުގެ ހައްޤު ހޯދައިދިނުމަށްވުރެ މުހިންމު ކަމެއް ސަރުކާރަށް އޮވެގެން ނުވާނެ: ޑރ. ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެންމެންނަށް ވޯޓުލުމުގެ ހައްޤު ހޯދައިދިނުމަށްވުރެ މުހިންމު ކަމެއް ސަރުކާރަށް އޮވެގެން ނުވާނެ: ޑރ. ޙުސައިން
ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެންމެންނަށް ވޯޓުލުމުގެ ހައްޤު ހޯދައިދިނުމަށްވުރެ މުހިންމު އެއްވެސް ކަމެއް ސަރުކާރަށް އޮޮވެގެން ނުވާނެ ކަމަށް ޖޭޕީގެ އިސް ނައިބް ލީޑަރު ޑރ. ޙުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޙުސައިން މިއަދު ވިދާޅުވީ ރިޒޯޓުތަކުގައި ބަހައްޓަން ނިންމި 7 ވޯޓުފޮށީގެ ބަދަލުގައި އިތުރު ވޯޓުފޮށިތައް ބަހައްޓަން އިލެކްޝަންސް ކޮމިޝަނަށް މަޖުބޫރުވީ އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތްތަކުން ކަމަށެވެ.

ޑރ ޙުސައިން ވިދާޅުވީ މީގެ ކުރިންވެސް ވޯޓުލާނެ 50 މީހުން ތިބިނަމަ ވޯޓުފޮށިތައް ބަހައްޓައިދޭންޖެހޭނެ ކަމަށާއި ސަރުކާރުގެ ބޭނުމަކަށް ވާންޖެހޭނީ ވީހައި ގިނަ ބައަކަށް ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ.

ޑރ. ޙުސައިން ވިދާޅުވީ "ބްލޭންކް ފޯމް" ތަކުގައި ސޮއިކުރުވަމުން ގެންދަނީ މާލޭގައި ވޯޓުލާންޖެހޭ މީހުން ރާއްޖެތެރޭގައި ވޯޓުލާން ރަޖިސްޓްރީކޮށް ވޯޓުލުމަށް ހުރަސް އެޅުމަށް ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަނުން ބުނީ "ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސް" ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ހަދަނީ ކަނޑައެޅިގެން ދޮގު ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ބައެއް ނިންމުންތައް ނިންމާފައިވަނީ ރާއްޖެ ސޮއިކޮށްފައިވާ އދގެ ޤަރާރުތަކާއި ވެސް ޚިލާފަށް ކަމަށެވެ.
މިއަދު އޮންލައިން