އައްޑޫ ސިޓީ ބޮޑު މަގުގައި މިރޭ ދެ ގްރޫޕެއްގެ ދެމެދު ބޮޑު މާރާމާރީއެއް ހިނގައި، ދެ މީހަކު ޒަޚަމް ކޮށްލާ ސައިކަލެއްގައި ވެސް ރޯކޮށްލައިފިއެވެ.
މަންޒަރު ދުށް މީހަކު މައުލޫމާތު ދީފައިވާ ގޮތުގައި ދެ ގްރޫޕެއްގެ ދެމެދު މިރޭ ހިނގި މިމާރާމާރީގައި ޒަޚަމްކޮށްލި ދެ ޒުވާނުންނަށް ފަރުވާ ދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
އައްޑޫސިޓީ ގައި މިރޭ ހިނގި މިމާރާމާރީ އާއި ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނި ކަމުގައިވިޔަސް، މާރާމާރީ ހިންގި ސަރަޙައްދުގައި މިވަގުތު ވެސް ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.