ވޯޓުފޮށިތައް މަދުކުރަނީ ރައްޔިތުންނަށް ދަތި އުނދަގޫކޮށް ވަކި މީހަކު ހޮވުމުގެ ބޭނުމުގައި ކަމާމެދު ޤާސިމް ސުވާލު އުފައްދަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ވޯޓުފޮށިތައް މަދުކުރަނީ ރައްޔިތުންނަށް ދަތި އުނދަގޫކޮށް ވަކި މީހަކު ހޮވުމުގެ ބޭނުމުގައި ކަމާމެދު ޤާސިމް ސުވާލު އުފައްދަވައިފި
އިލެކްޝަންސް ކޮމިޝަނުން ،2008 ،2009 ،2013 އަދި 2014 ގައި ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބުތަކާއި މަޖިލީހުގެ މެންބަރުން ހޮވުމަށް ބޭއްވި އިނތިޚާބުގައި ވޯޓުފޮށިތައް ބެހެއްޓި އުޞޫލްތަކާ ގޮތްތައް ބަދަލުކޮށް ވޯޓުފޮށިތައް މަދުކުރުމުގެ ބޭނުމަކީ ރައްޔިތުންނަށް ދަތި އުނދަގޫ ކޮށް ވަކި މީހަކު ހޮވުމުގެ ބޭނުމުގައި ކުރާކަމެއް ކަމާއިމެދު ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ސުވާލު އުފައްދަވައިފިއެވެ.

2014 ވަނަ އަހަރުގެ ފަހުން އިތުރު ރިޒޯޓުތަކެއް ހުޅުވާފައިވީނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ރިޒޯޓުތަކުގައި މިފަހަރު ބަހައްޓާ ވޯޓުފޮށީގެ އަދަދުވެސް 2014 ވަނަ އަހަރަށްވުރެ މަދުވާނެ ކަމަށެވެ. އަދި ބަހައްޓަން މިހާރު ކަނޑައަޅާފައިވާ ވޯޓުފޮށިތަކުގެ އަދަދުވެސް މަދުވެދާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރީގެ އިންތިޚާބުތަކުގައި ވޯޓުލާނެ 50 މީހުން ތިބޭ ރިޒޯޓުތަކުގައި ފޮށި ބަހައްޓައިދީފައެވެ. ނަމަވެސް މިއަހަރު ފުރަތަމަ ނިންމީ 250 މީހުން ހަމަވާ ރިޒޯޓުތަކުގައި ފޮށި ބެހެއްޓުމަށެވެ. އެކަމަށް ދެކޮޅު ހަދައި ގުޅިފައިވާ ކޯލިޝަނުން ކުރި މަސައްކަތުން މިހާރު ބުނަނީ 100 މީހުން ވޯޓުލާން ތިބިނަމަ ފޮށި ބަހައްޓާނެ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން ،2008 ،2009 ،2013 އަދި 2014 ގައި އޮތް ރައީސަކު ހޮވުމަށް އޮތް އިންތިޚާބުތަކާއި މަޖިލީހުގެ މެންބަރުން ހޮވުމަށް ވޯޓުފޮށިތައް ބެހެއްޓި އުޞޫލްތަކާ ގޮތްތައް ބަދަލުކޮށް ވޯޓުފޮށިތައް މަދުކުރުމުގެ ބޭނުމަކީ ރައްޔިތުންނަށް ދަތި އުނދަގޫ ކޮށް ވަކި މީހަކު ހޮވުމުގެ ބޭނުމުގައި ކުރާކަމެއްބާ؟"


މިއަދު އޮންލައިން