ސަރުކާރުގެ މުވައްޒިފުން ވޯޓުލާން ރީރަޖިސްޓްރީ ކުރުމުގެ ކަންކަން ވަޒީރުންނާ ވެރިން ކުރާތީ ކަންބޮޑުވޭ: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ސަރުކާރުގެ މުވައްޒިފުން ވޯޓުލާން ރީރަޖިސްޓްރީ ކުރުމުގެ ކަންކަން ވަޒީރުންނާ ވެރިން ކުރާތީ ކަންބޮޑުވޭ: އިބޫ
ސަރުކާރުގެ މުވައްޒިފުން ވޯޓުލާން ރީރަޖިސްޓްރީ ކުރުމުގެ ކަންކަން ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ކުރައްވާތީ ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.

އިބޫ މިއަދު ވިދާޅުވީ ވޯޓުލުމުގެ ހައްޤު ހަނިކުރުމުގެ ކަންކަން ނުކުރެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި އަމިއްލަ އިޚްތިޔާރުގައި ރީރަޖިސްޓްރީ ކުރުމުގެ ހައްޤު ކޮންމެ ރައްޔިތަކަށްވެސް ލިބިގެނވާ ކަމަށެވެ.

ގުޅިފައިވާ ކޯލިޝަނުން ނޫސްވެރިންނަށް މައުލޫމާތުދެމުން މިއަދު ބުނީ ސަރުކާރުން މަސައްކަތްކުރަނީ ވީހައި މަދު ބައަކަށް ވޯޓުލުމުގެ ފުރުޞަތު ދިނުމަށް ކަމަށެވެ. އަދި އެކަމަށް މަސައްކަތްކުރަނީ ގިނަ ބައަކު ވޯޓުލައިފިނަމަ ބޮޑުތަފާތަކުން ރައީސް ޔާމީން ބަލިވާނެތީ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ސަރުކާރަށް އެ ފުރުޞަތު ދެނީ ރައީސް ޔާމީން ބަލިވާތަން ބަލަން އެކޮމިޝަނަށް ހަޖަމު ނުކުރެވޭނެތީ ކަމަށްވެސް ޕްރެސްގައި ބުނެފައިވެއެވެ. "އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް ހުރީ ޕީޕީއެމްގެ އިސް އެކްޓިިސްޓަކަށް އިހައްދުވަހާ ޖެހެންދެން އުޅުނު މީހެއް. އޭނާއަކަށް ހަޖަމެއް ނުކުރެވޭނެ ރައީސް ޔާމީން ބަލިވާތަން ފެންނާކަށް."

"ސަރުކާރުގެ މުވައްޒިފުން ވޯޓުލާން ރީރަޖިސްޓްރީ ކުމުގެ ކަންކަން ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ކުރައްވާތީ ކަންބޮޑުވޭ. ވޯޓުލުމުގެ ހައްޤު ހަނިކުރުމުގެ ކަންކަން ނުކުރެއްވުމަށް އިލްތިމާސްކުރަން. އަމިއްލަ އިޚްތިޔާރުގައި ރީރަޖިސްޓްރީ ކުރުމުގެ ހައްޤު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވޭ."




މިއަދު އޮންލައިން