އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ބަދަލުކުރަން ގޮވާލާ މުޒާހަރާކުރަން ފަށަން ގުޅިފައިވާ ކޯލިޝަނުން ނިންމައިފިއެވެ.
ޖޭޕީގެ އިސް ތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ބަދަލުކުރަން ގޮވާލުމަށާއި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބާރުއަޅަން ބާއްވާ މުޒާހަރާއެއް މާދަމާ ކުރިއަށް ގެންދާނެ ކަމަށެވެ.
މުޒާހަރާކުރަން ފަށަން ހަމަޖެހިފައިވަނީ މެންދުރު 1:30 ގައި އިލެކްޝަންސް ކޮމިޝަން ކުރިމަތިންނެވެ.