މޯލްޑިވްސް ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ސަރވޭ ޓީމަކާއެކު ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ލ. ބަރެސްދޫ ކައިރިން ބަންޑުން ޖަހާލައިފިއެވެ.
އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ހެނދުނު 8:52 ގައެވެ.
ޑިންގީގައި ދަތުރުކުރީ ނުވަ ދިވެހި ފިރިހެނުންނާއި އެއް ބިދޭސީ އަންހެނެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ ދަތުރު ކުރަމުން ދިޔަ މީހުންގެ ހާލު ރަނގަޅު ކަމަށާއި ސިފައިންނާއި އާންމުން ގުޅިގެން އެމީހުން އެހެން ޑިންގީ އެއްގައި ލ. މަހަކަންފުށި ނަމަކަށް ކިޔާ ފަޅު ރަށަކަށް ގެންދެވުމަށްފަހު މިހާރު ލ. ގަމަށް ގެންދެވިފައިވާ ކަމަށެވެ.
ޑިންގީ ގައި އެއްވެސް ކުޑަ ކުއްޖެއް ނެތް ކަމަށާއި މިހާރު ޑިންގީގެ ވެރި ފަރާތުން އެޑިންގީ ފަރުމަތިން ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.