ކުއްތާއެއް، އެތީގެ ސާހިބުމީހާ 3 ސިންގާގެ ކިބައިން ސަލާމަތްކޮށްދީފި
ކުއްތާއެއް، އެތީގެ ސާހިބުމީހާ 3 ސިންގާގެ ކިބައިން ސަލާމަތްކޮށްދީފިއެވެ.
އިންޑިއާގެ ގުޖްރާތުގައި ބަކަރި ގެންގުޅޭ މީހަކު އޭނާގެ ބަކަރިތަކަށް ކާންދޭން އުޅެނިކޮށް ބަކަރިތައް ކެއުމުގެ ބޭނުމުގައި އެތަނަށް އައި 3 ސިންގާ ފުރަތަމަ ހަމަލާދިނީ ބަކަރިތައް ގެންގުޅޭ މީހާއަށެވެ.
އެތަން ފެނުމާއިއެކު ކުއްތާ ބާރަށް "ވައްވައް ޖަހަން" ފެށުމުން އެއަޑޫ އިވިގެން އެތަނަށް އައި މީހުންތައް ސިންގާތަކަށް ހަމަލާދީ އޭނާ ސަލާމަތްކުރެވުނު އިރު އެކިވަރުގެ ޒަޚަމްތައް ވަނީ ލިބިފައެވެ.
މިސަރަހައްދުގެ ދަނޑުވެރިންނަށް ވަރަށް ގިނައިން މިފަދަ މައްސަލަތައް ކުރިމަތިވެއެވެ. އިންޑިއާގެ ފޮރެސްޓް މިނިސްޓްޜީގެ އެއްބާރުލުން ނުލިބޭ ކަމަށްބުނެ ދަނޑުވެރިން ގެންދަނީ މުޒާހަރާކުރަމުންނެވެ.