މިޞުރުގެ ޤައުމީދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ވެރިންނަށް ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މިޞުރުގެ ޤައުމީދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ވެރިންނަށް ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
މިޞުރުގެ ފަސްދޮޅަސް ހަވަނަ ޤައުމީދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް، ޢަބްދުލް ފައްތާޙް އަލް ސީސީއަށާއި ބޮޑުވަޒީރު މުސްޠަފާ މަދްބޫލީއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

‏ ‏ރައީސުލްޖުމްހޫރިއްޔާ، މިޞުރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައްޔިތުންނަށާއި ސަރުކާރަށް ތަހުނިޔާ ވިދާޅުވެ މިޞުރުގެ ވެރީންނަށް ވަކިވަކިން ފޮނުއްވި މިމެސެޖުތަކުގެ ތެރެއިން މިޞުރުގެ ރައީސަށް ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާއި މިސްރުގެ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެފައިވަނީ ދެޤައުމުގައި ހުރި އެއްގޮތް ޤަބޫލުކުރުންތަކުގެ ސަބަބުންކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެޤައުމުގެ މިގުޅުން ކުރިއަށްއޮތް ތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައިވެސް އެމަނިކުފާނު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިޞުރުގެ ބޮޑުވަޒީރު މުސްޠަފާ މަދްބޫލީއަށް ފޮނުއްވި މެސެޖުގައި، މިޞްރާއި ރާއްޖެއަކީ އަޚުވަންތަ ދެޤައުމު ކަމުގައި ވިދާޅުވެ، ދެޤަމުގެ ސިޔާސި ގުޅުން ހަރުދަނާކުރެއްވުމަށް އިތުރަށް މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވަފައި ވެއެވެ.

މިޞުރުގައި ޤައުމީދުވަސް ފާހަގަކުރަން ފަށާފައިވަނީ 1952 ވަނަ އަހަރު މިޞްރުގެ ވެރިކަމުގެ ނިޒާމަށް ގެނެވެނު ޒަމާނީ ޖުމުހޫރިއްޔަތުގެ އިންގިލާބީ ބަދަލާގުޅުވައިގެންނެވެ
މިއަދު އޮންލައިން