އީސީ މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކޮށްފި

ކިޔުމަށް ހޭދަވާނީ 52ސ
އީސީ މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކޮށްފި
އިލެކްޝަންސް ކޮމިޝަން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން އެކޮމިޝަން ދަށުގައި މުޒާހަރާ ކޮށްފިއެވެ.

މިއަދު މެންދުރުފަހު، ގިނަ އަދަދެއްގެ ބައިވެރިންނާއެކު އިލެކްޝަންސް ކޮމިޝަން ކައިރިން ފެށުނު މިމުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ދެޕިއުޓީ ލީޑަރ ޑރ. ޙުސެއިން ރަޝީދު ވިދާޅުވީ މިމުޒާހަރާގައި މިގޮވާލަނީ ޒާތީ ކަމަކު ނޫން ކަމަށާއި ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ޢަމަލު ކުރެއްވުމަށް ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާލާ މިސަރުކާރަށް އިންތިހާބު ކާމިޔާބުވާނޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.

"ދިވެހި ކޮންމެ ފަރުދަކަށް އެމީހަކު ބޭނުން ފަރާތަކަށް ވޯޓު ލުމުގެ ޙައްޤު އޮންނަން ޖެހޭނެ. ރައްޔިތުންގެ ޙައްޤުތައް ގެއްލޭ ގޮތަށް އަމަލު ކުރުމަކީ ވަރަށް ބޮޑު ކުށެއް" ޑރ. ޙުސެއިން ވިދާޅުވެފައިވެއެވެ.

ފުލުހުން ވަނީ މުޒާހަރާގައި ބައިވެރިވީ ފަރާތްތައް ވަރަށް ބޮޑަށް ފަހަތަށް ޖައްސާ، އީސީ އާއި ދުރަށް ޖައްސާފައެވެ.
މިއަދު އޮންލައިން