މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުގައި ބޭނުންކުރާ ވޯޓާސް ލިސްޓުގައި ފޮތޯ ހުންނަންވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ގަވާއިދުގައި ބުނެފިއެވެ.
މިއަދު ގެޒެޓުކޮސްފައިވާ ރިޔާސީ އިންތިހާބުގެ ގަވާއިދުގައި ބުނެފައިވަނީ ވޯޓުލާ ކޮންމެ މަރުކަޒެއްގައި، އެމަރުކަޒެއްގައި ވޯޓުލުމަށް ރެޖިސްޓްރީވެފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓެއް އޮންނަންވާނެ ކަމަށެވެ. އަދި އެލިސްޓުގައި ހިމެނޭ މީހުންގެ ތަފްސީލުތަކުގެ ތެރޭގައި އެމީހެއްގެ ފުރިހަމަ ނަމާއި، ޖިންސާއި، އަތޮޅާއި ރަށް، އެޑްރެހާއި، އުފަން ތާރީޚުގެ އިތުރުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއެކު ފޮޓޯ ވެސް އޮންނަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ވޯޓާސް ލިސްޓުގައި ފޮޓޯ ޖަހަން ޖެހޭނެކަމަށް ރިޔާސީ އިންތިހާބާއި ބެހޭ ޤަވާއިދުގައި ބުނެފައިވާއިރު އީސީ އިން މީގެ ކުރިން ބުނެފައިވަނީ އެލިސްޓުގައި ފޮޓޯ ނުހިމަނާނެ ކަމަށެވެ.