މައުލޫމާތު ލިބެނީ އެއްވެސް ރިޒޯޓަކުން ވޯޓުފޮށި ބަހައްޓަން ދެކޮޅު ނުހަދާ ކަމަށް: ކޯލިޝަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
މައުލޫމާތު ލިބެނީ އެއްވެސް ރިޒޯޓަކުން ވޯޓުފޮށި ބަހައްޓަން ދެކޮޅު ނުހަދާ ކަމަށް: ކޯލިޝަން
މިހައިތަނަށް ލިބުނު މައުލޫމާތުން އެނގިފައިވަނީ އެއްވެސް ރިޒޯޓަކުން ވޯޓުފޮށި ބަހައްޓަން ދެކޮޅު ހަދާފައި ނުވާ ކަމަށް ކަމުގައި ގުޅިފައިވާ ކޯލިޝަނުން ބުނެފިއެެވެ.

އިލެކްޝަންސް ކޮމިޝަން ކުރިމަތީގައި ތިއްބަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާރޕާރސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން މިހައިތަނަށް ލިބިވަޑައިގެންފައިވާ މައުލޫމާތުގައި އެއްވެސް ރިޒޯޓަކުން ވޯޓުފޮށި ބަހައްޓަން ދެކޮޅު ހަދާފައިވާކަން އެނގިވަޑައިގަންނަވަން ނެތް ކަމަށެވެ.

ނިޔާޒް ވިދާޅުވީ ރިޒޯޓުތަކާއި ގުޅުއްވައިގެންވެސް މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިކަމުގައި ރިޒޯޓްތަކާއި މަޝްވަރާ ވެސް ކުރައްވާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ޓީމުން ވެސް ވަނީ މިއަދު ކަންބޮޑުވުން ފައުޅުކޮށްފައެވެ. ޓީމުން ބުނެފައިވަނީ ވޯޓުފޮށިތައް ބަހައްޓަން ދެކޮޅުހަދަނީ ކޮން ރިޒޯޓްތަކަކުންކަން އެނގެން ބޭނުންވާ ކަމަށެވެ.
މިއަދު އޮންލައިން