ރައްޔިތުންގެ މަޖިލީހުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސް ކުރުމަށް، މެމްބަރުން ހަމަނުވުމުން މިއަދުވެސް އެ ދެ ބިލަށް ވޯޓު ނުނެއްގެވުމަށް މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދު ނިންމަވައިފިއެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މަސީހު ވިދާޅުވީ ދެ ބިލެއް ފާސް ކުރަން ބަލާއިރު، އެވަގުތު އެކަށީގެންވާ އަދަދަކަށް މެމްބަރުން ހާޒިރުވެވަޑައިގެންފައި ނެތް ކަމަށާއި ނަމަވެސް މަޖިލީހަށް ހާޒިރުވެ ވަޑައިގެން ވޯޓުގައި ބައިވެރިވެ ވަޑައިގަންނަވަން ޖެހޭނެކަން މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވާތީ އެޤަވާއިދާއި އެއްގޮތަށް ޢަމަލު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަސީހު ވިދާޅުވީ "މާދަމާ ވެސް އެމަސައްކަތް ކުރާނެ ވާހަކަ ދަންނަވަން" ކަމަށެވެ.