ވޯޓާރސް ލިސްޓުގައި ފޮޓޯ ޖަހާގޮތަށް ޤަވާއިދު ފާސްކުރީ އޮޅިގެން- އީސީ

ކިޔުމަށް ހޭދަވާނީ 39ސ
ވޯޓާރސް ލިސްޓުގައި ފޮޓޯ ޖަހާގޮތަށް ޤަވާއިދު ފާސްކުރީ އޮޅިގެން- އީސީ
ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓަސް ލިސްޓުގައި ފޮޓޯ ޖަހަންޖެހޭ ގޮތަށް ފާސްކޮށް ގެޒެޓު ކޮށްފައިވަނީ އޮޅުމަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީ ގެ ސްޕޯކްސްޕަރސަން އަދި މެމްބަރު އަޙުމަދު އަކުރަމް ވިދާޅުވީ ފޮޓޯ ޖަހަން ޖެހޭ ގޮތަށް އެޤަވާއިދު އާންމުކޮށްފައިވަނީ ގެޒެޓު ކުރުމުގެ ތެރޭގައި އެރި އޮޅުމަކުން ކަމަށާއި އެއީ އެކޮމިޝަނުގެ ފަރާތުން ޖެހިފައިވާ މައްސަލައެއް ނޫން ކަމަށެވެ.

މީގެ ކުރިން އިންތިހާބުތަކުގައި ބޭނުންކޮށްފައިވަނީ ފޮޓޯ ޖެހި ވޯޓާސް ލިސްޓެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުގައި އެލިސްޓުގައި ފޮޓޯ ނުޖަހާނެ ކަމަށް އީސީ އިން ކުރިން އިއުލާނު ކުރުމުން، އިދިކޮޅު ފަރާތްތަކުން ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިއަދު އޮންލައިން