މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެ ކަމަށް ކަނޑައަޅާފައިވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޕާސްޕޯޓު ހިފަހައްޓަން ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.
އުމަރު ނަސީރުގެ ޕާސްޕޯޓު ހިފަހައްޓަން ސިވިލް ކޯޓުން އަމުރު ކޮށްފައިވަނީ އޭނާގެ ޙިއްސާ އޮންނަ ކުންފުންޏަކާއި ދެކޮޅަށް ޕެންޝަން އޮފީހުން ކުރި ދައުވާއަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
ޕާސްޕޯޓު ހިފަހައްޓަން ސިވިލް ކޯޓުން އަމުރު ކޮށްފައިވާކަން އެކޯޓުން ވެސް ކަށަވަރު ކޮށްދީފައިވީ ނަމަވެސް އުމަރު ވިދާޅުވީ އެފަދަ އަމުރެއް ނެރުއްވިކަން އެނގި ވަޑައި ނުގަންނަވާ ކަމަށާއި އަދި އުމަރު ޙިއްސާވާ ކުންފުންޏެއް ވެސް ނޯންނާނެ ކަމަށެވެ.