ސައުދީއިން ހަދިޔާކުރި ކަދުރުތަށް ބަހާ ނިންމައިފި

ކިޔުމަށް ހޭދަވާނީ 38ސ
ސައުދީއިން ހަދިޔާކުރި ކަދުރުތަށް ބަހާ ނިންމައިފި
ސައުދީ އަރަބިއާގެ ކިންގް ސަލްމާން ހިއުމެނެޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުން ހަދިޔާކޮއްފައިވާ 50 ޓަނުގެ ކަދުރު އިއްޔެ ބާހާ ނިމިފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

ކަދުރު ބަހާފައިވަނީ މާލެއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީ، އަދި އެހެން އަތޮޅުތަކުގައި އުޅުއްވާ ގޭބިސީތަކުގެ އަދަދު ބެލުމަށްފަހު،ކޮންމެ ގޭބިސީއަކަށް ކަދުރު ޕަކެޓެއް ދޭއުސޫލުން ކަމަށް އެ މިނިސްޓްރީއިން ބުނެފައި ވެއެވެ.

މާލެއާއި އަތޮޅުތަކުގެ ތެރެއިން ޖުމްލަ 24،345 ގޭބިސީއަށް ކަދުރުބެހިފައިވާކަމަށް އެމިނިސްޓްރީން ބުނެފައި ވެއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުން މުޅިއެކު 43 ކައުންސިލަށް ކަދުރު ހަވާލުކުރެވިފައި ވާކަމަށާއި އޭގެތެރެއިން އަތޮޅުތަކުގެ ތެރެއިން ޖުމްލަ 13،052 ގޭބިސީއަށް ކަދުރުޕެކެޓް ބެހުނުކަމަށް އެ މިނިސްޓްރީއިން ބުނެފައި ވެއެވެ.
މިއަދު އޮންލައިން