އަޅުގަނޑުގެ ހިއްސާ އޮންނަ ކުންފުންޏެއް ނޯންނާނެ - ކޯޓުން އަޅުގަނޑުގެ ޕާސްޕޯޓް ހިފަހައްޓާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ޢުމަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އަޅުގަނޑުގެ ހިއްސާ އޮންނަ ކުންފުންޏެއް ނޯންނާނެ - ކޯޓުން އަޅުގަނޑުގެ ޕާސްޕޯޓް ހިފަހައްޓާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ޢުމަރު
"އަޅުގަނޑުގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏެއް ނޯންނާނެ، ކޯޓުން އަޅުގަނޑުގެ ޕާސްޕޯޓް ހިފަހައްޓާނެ ކަމަކަށް ޤަބޫލެއް ނުކުރަން" ކަމަށް ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ނަޞީރު މިރޭ ވިދާޅުވީ އޭނާގެ ޕާސްޕޯޓް އެއްވެސް ކޯޓަކުން ހިފެހެއްޓިކަން މިވަގުތާއިހަމައަށް އެނގިވަޑައިގެންފައި ނުވާ ކަމަށާއި ޤާނޫނީ ވަކީލުން މެދުވެރިކުރައްވައިގެން އެފަދަ މައްސަލައެއްވޭތޯ މާދަމާ ބައްލަވާނެ ކަމަށެވެ.



ޢުމަރު ނަޞީީރު ވިދާޅުވީ ކޯޓުން އެފަދަ ކަމެއް ކޮށްފައިވާނަމަ އެކަން ވާނީ އޮޅުމަކުން ކުރެވިފައިވާ ކަމަކަށް ކަމަށެވެ. "އަޅުގަނޑު އެއްވެސް ވިޔަފާރިއެއް މިހާރަކު ނުކުރަން. އަޅުގަނޑު ހިންގި ވިޔަފާރިތައް މިހާރު ހިންގަނީ އެހެން ބައެއް. އެއިން ވިޔަފާރިއެއްގައި އެއްވެސް ދަރަންޏެއް އޮތްނަމަ އެކަމެއްގެ ޒިންމާ ނަގާނީ އެކުންފުންޏެއްގެ ޑިރެކްޓަރުން." ކަމަށްވެސް ޢުމަރު ނަޞީރު ވިދާޅުވިއެވެ.

ޢުމަރު ނަޞީރު ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފައެވެ. އެކަމަށް ޢުމަރު ނަޞީރު ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.
މިއަދު އޮންލައިން