އިންތިޚާބަށް ބޭނުންހައި ގޮތެއް ހަދައެއް ނުލެވޭނެ: ޢަލީ ވަޙީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އިންތިޚާބަށް ބޭނުންހައި ގޮތެއް ހަދައެއް ނުލެވޭނެ: ޢަލީ ވަޙީދު
މިއަހަރުގެ ރިޔާސީ އިންތިޚާބަށް އަތްބާނައި ރައީސް ޔާމީނަށް ތާއީދުލިބޭނެ ގޮތަށް ކަންކަން ކުރަން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އިންތިޚާބަށް ބޭނުންހައި ގޮތެއް ހަދައި ނުލެވޭނެ ކަމަށް ޖޭޕީގެ ރައީސް ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޢަލީ ވަޙީދު މިރޭ ވިދާޅުވީ އިންތިޚާބުގެ ކަންކަން އިންސާފުން ކުރިއަށް ގެންދިއުމަށްޓަކައި ދުނިޔެ އޮތީ ދިވެހިރައްޔިތުންނާއި އެކުގައި ކަމަށެވެ. އިންތިޚާބު ކައިރިވާވަރަކުން ރާއްޖެއަށް އެންމެ އެހީތެރިވާ ޤައުމުތަކުން ކަންކަން ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ޢަލީ ވަޙީދު ވިދާޅުވީ ކޯލިޝަންގެ ލީޑަރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޤައުމު ބިނާ ކުރެއްވުމަށް ކަމަށާއި ރާއްޖެއަށް އެއްވެސް ފަރާތަކުން ފިޔަވަޅު އެޅުމަކީ ލީޑަރުން އުފާކުރައްވާނެ ކަމެއްނޫން ކަމަށެވެ. އުފާވާނީ ޤައުމުގެ ކަންކަން އިޞްލާޙްވުމުން ކަމަށެވެ.

ޢަލީ ވަޙީދު ވިދާޅުވީ މާތް ﷲ ވާގިފުޅާއިއެކު ސެޕްޓެމްބަރު 23 ގެ ފަހުން ރާއްޖޭގައި ޤާއިމުކުރެވޭނީ ރައްޔިތުންގެ ވެރިކަމެއް ކަމަށާއި އެވެރިކަމުގައި ހުރިހާ ރައްޔިތުންނާއި ވިޔަފާރިވެރިންގެ ހައްޤުތައް ފުރިހަމައަށް ލިބިގެންދާނެ ކަމަށެވެ.
މިއަދު އޮންލައިން