ޕޮލިސް އެކަޑަމީން ފުލުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޔޫސް އޮފް ފޯރސް ރިފްރެޝަރ ޕްރޮގްރާމް ށ. އަތޮޅާއި ގދ. އަތޮޅުގައި ފަށައިފިއެވެ.
ށ. އަތޮޅާއި ގދ. އަތޮޅުގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް އަމާޒުކޮށް މި ޖުލައި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މިޕްރޮގްރާމުގައި، ފުލުހުންނަށް ލިބިދީފައިވާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ޤަވާއިދާއި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާއި ބެހޭ ޤަވާއިދާއި އަދި ޖިނާއީ ޢިޖުރާއަތުގެ ޤާނޫނާއި ގުޅޭ ގޮތުން ފުލުހުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
އަދި މީގެއިތުރުން ފުލުހުން ބޭނުން ކުރާ ލީތަލް އަދި ލެސްލީތަލް ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑި އާއި މުގުރުގެ އިތުރުން ޕެޕަރ ސްޕްރޭ ބޭނުންކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި ޢަމަލުކުރާނެ ގޮތްތަކާއި އުކުޅުތައް ދަސްކޮށްދީ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައެވެ.
ޙަބަރު ޕޮލިސް