މާފުށީ ފެރީ "ހަނދޭގިރި 2" ވާދޫ ކަނޑަށް އިންޖީނު ހުއްޓިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
މާފުށީ ފެރީ "ހަނދޭގިރި 2" ވާދޫ ކަނޑަށް އިންޖީނު ހުއްޓިއްޖެ
ކ. މާފުށިން ފުރައިގެން މާލެ ދަތުރުކުރަމުން އައި އެރަށުގެ ފެރީ "ހަނދޭގިރި 2" ވާދޫ ކަނޑަށް އިންޖީނު ހުއްޓިއްޖެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް މިހާރުދަނީ ފެރީއަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވި އެވެ .

މި ހާދިސާ ހިނގިއިރު އެ ފެރީގައި 50 މީހުން ތިބި ކަމަށާ މިހާދިސާގެ ރިޕޯޓު 9:17 އެހައިކަންހާއިރު ލިބިފައިވާ ކަމަށް ށެވެ .

ކޯސްޓްގާޑް ލޯންޗުން މިހާރު ގެންދަނީ އަންހެނުންނާއި ކުޑަކުދިންނާއި ފަތުރުވެރިން މާލެ ގެންދިޔުމުގެ މަސައްކަތް ކުރަމުންނެވެ.

ފެރީގެ ވެރިފަރާތުން މިހާރުވަނީ އެ ފެރީ ކަފުޖަހާނެ އެހެން އުޅަނދެއް އެސަރަހައްދަށް ގެނެގޮސްފައިވާކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ފެރީގައި ތިބި މީހުން 10:50 ގައި މާލެއަށް ގެންދެވޭނެ ކަމަށާއި އެމީހުން ގޮވައިގެން އަންނަ ލޯންޗު ކައިރިކުރާނީ ކޯސްޓްގާޑު ބިލްޑިންގެ ކުރިމައްޗަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިހާދިސާގައި އެއްވެސް މީހަކަމަށް ގެއްލުމެއް ލިބިފައެއް ނުއެވެ.
މިއަދު އޮންލައިން