މީހުންނަށް އުނދަގޫވާގޮތަށް މަގުމަތީގަ ނެށުމުގެ މުބާރާތެއް ކުރިއަށް ގެންދާތީ 3 މީހަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
މީހުންނަށް އުނދަގޫވާގޮތަށް މަގުމަތީގަ ނެށުމުގެ މުބާރާތެއް ކުރިއަށް ގެންދާތީ 3 މީހަކު ހައްޔަރުކޮށްފި

މީހުންނަށް އުނދަގޫވާގޮތަށް މަގުމަތީގައި ނެށުމުގެ މުބާރާތެއް ކުރިއަށް ގެންދާތީ 3 މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރި 3 މީހުންނަކީވެސް ސޯޝަލް މީޑިއާގައި މުބާރާތް ޕްރަމޯޓުކުރުމުގައި އިސްކޮށް އުޅުނު މީހުންނެވެ.

މިމުބާރާތުގައި ކުރަންޖެހޭ ކަމަކީ ކާރު އެންމެ މަޑު ދުވެއްޔަށް ލުމަށްފަހު ކާރުން ފާބައި ނަށާ މަންޒަރު ވީޑިއޯކުރުމަށްފަހު ސޯޝަލް މީޑިއާގައި ހާމަކުރުމެވެ.

ފުލުހުން ބުނީ ޢާންމުންނަށް އުނދަގޫވާ ގޮތަށް، ޓްރެފިކަށް ދަތިވާ ގޮތަށް އެއްވެސް ކަމެއް ކުރިއަށް ގެންދިއަ ނުދޭނެ ކަމަށާއި އެފަދަ ކަމެއް ކުރާތަން ފެނިއްޖެނަމަ އެމީހަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. މިފަދަ ކަމެއް ކުރާ މީހަކު ފެނިއްޖެނަމަ އެމީހަކު ބަންދުކުރުމުގެ އިތުރުން ވަގުތުން 2000 ދިރުހަމުން ޖުރުމަނާ ކުރާނެ ކަމަށާއި 23 ކަޅު ޕޮއިންޓް ލައިސަންސަށް ދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މިއަދު އޮންލައިން