ފަޅޯ: ކެންސަރަށްވެސް ފަރުވާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ފަޅޯ: ކެންސަރަށްވެސް ފަރުވާއެއް!

ފަޅޮލުން ލިބޭ ގިނަ ފައިދާތަކުގެތެރޭގަ ކެންސަރަށް ފަރުވާލިބުން ހިމެނޭކަން ތަޙްލީޅްތަކުން ވަނީ ސާބިތުވެފައެވެ. ފަޅުލުން ކެންސަރަށް ފަރުވާ ލިބެނީ ފަޅޮލަކީ ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ހުންނަ ބާވަތަކަށްވާތީއެވެ.

މީގެ އިތުރުން ފަޅޮލުން ލިބޭ ފައިދާތަކުގެ ތެރޭގައި ގިނަ ދުވަސްވުމުގެ ސަބަބުން ނަމަވެސް ހަސިގަނޑުގައި ހަލާކުވެފައިި ހުންނަ ޓިޝޫތައް މަރާމާތުކޮށް ދިނުންވެސް ހިމެނެއެވެ. އަދި ހިތުގެ ބަލިތަކަށްވެސް ފަރުވާއެކެވެ. ފާރުވެސް ހިއްކައިދެއެވެ.

ފަޅޮލަކީ ހުރިހާ ކަމަކަށް ފަރުވާއެއް ކަމަށްވެސް ބުނެވޭހައި ފަޅޮލުގެ ފައިދާތައް ގިނައެވެ. "ނޭވާހިއްލުން. ގޮހޮރުގެ ބަލިތައް، ލޮލުގެ މައްސަލަތައް، ލިވަރގެ މައްސަލަތަކަށްވެސް ފަޅޮލުން ފަރުވާ ލިބެއެވެ. ފަޅޮޅުލުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އާއި ވިޓަމިން އީ ހުންނާތީ ފަޅޮލަކީ ހަމުގެ ބަލިތަކަށްވެސް ފަރުވާއެކެވެ.

ރާއްޖެއަށް ބަލައިފިނަަމަ ފަޅޮލަކީ އެންމެ ފަސޭހައިން ހެއްދޭ އެއްބާވަތެވެ. ބެލެވޭ ގޮތުން ފަޅޯގަސް އިންދާތާ 4 ވަރަކަށް މަސް ތެރޭގައި ފަޅޯ ލިބެން ފަށައެވެ. ފަޅޮލަކީ ރާއްޖޭގެ ރަށްރަށުގައި ކޮންމެ ގެއެއްގެ ގޯތިތެރޭގައިވެސް ފަސޭހަކަމާއިއެކު ހެއްދޭ ބާވަތެކެވެ. އެހެންކަމުން އެންމެ ކުޑަޚަރަދަކުން ކެވޭނެ ގޮތް މިވަނީ ހަމަޖެހިފައެވެ.
މިއަދު އޮންލައިން