އީސީގެ މެންބަރުކަމަށް ނަޝާތު އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

ކިޔުމަށް ހޭދަވާނީ 48ސ
އީސީގެ މެންބަރުކަމަށް ނަޝާތު އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް އއ. ފެރިދޫ ހާލި/ އަލީ ނަޝާތު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ނަޝާތު އައްޔަނު ކުރުމަށް ރުހުން ލިބިފައިވަނީ، ވޯޓުގައި ބައިވެރުވެ ވަޑައިގެންނެވި 32 މެންބަރުންގެ އިއްތިފާގުންނެވެ.

މީގެއިތުރުން އީސީގެ މެންބަރު ކަމަށް ނަޝާތު އައްޔަނު ކުރުމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް، އެކޮމިޓީން ވެސް ވަނީ ނަޝާތު އެމަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް ފާސްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގައި މިވަގުތު ހުންނެވި އަލީ ނަޝާތު، އެކޮމިޝަންގެ މެންބަރު ކަމަސް އައްޔަނު ކުރުމަށް ރުހުން ހޯދުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
މިއަދު އޮންލައިން