މިކަމާއި ގުޅޭގޮތުން މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖަޒްލާން ނިޔާވި އެކްސިޑެންޓު ހިނގާފައިވަނީ އިތުރު އެއްވެސް އުޅަނދަކުން ޖަޒްލާން ދުއްވަން އިން ސައިކަލުގައި ޖެހިގެން ނޫން ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
"މިހާދިސާ ހިނގި ސަރަޙައްދުން ފުލުހުންގެ ތަހުގީގަށް އެއްކުރެވުނު މައުލޫމާތާއި އެސަރަޙައްދުން ފުލުހުންނަށް ލިބުނު ސީސީޓީވީ ފުޓޭޖަށް ބަލާއިރު، މިހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާފައި އައިސް ބަންޕަރުން އަރަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލް ނުކުރެވިގެން ކަހާލައިގެން ވެއްޓިގެންކަމާއި، މިކަން ހިނގިއިރު ސައިކަލު ދުއްވަން އިނީ މުޙައްމަދު ޖަޒްލާން އެކަނި ކަމާއި މިހާދިސާ ހިނގާފައިވަނީ އިތުރު އެއްވެސް އުޅަނދަކުން އެސައިކަލުގައި ޖެހިގެން ނޫންކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވޭ" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
Related to Press Statement: PMC/2018/16 pic.twitter.com/lFt2TxESXo
— Maldives Police (@PoliceMv) July 24, 2018