23 ސެޕްޓެންބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބެހެއްޓި ވޯޓްފޮށިތަކުގެ ތެރެއިން ސިންގަޕޫރާއި އިންޑިއާގެ ނިއު ދިއްލީގައި ވޯޓުލާ ދިވެހިންނަށް ރީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސިންގަޕޫރާއި ނިއު ދިއްލީގައި ވޯޓުލާ ބޭފުޅުންނަށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހުގެ 23 އިން ފެށިގެން އަނަ އޮގަސްޓުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާނެ ވާހަކައެވެ.
ރީ ރަޖިސްޓަރީކުރުން ނިއުދިއްލީގައި ހުޅުވާލެވިފައިވަނީ ނިއުދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީގައެވެ. ސިންގަޕޫރުގައިވެސް ހުޅުވާލެވިފައިވަނީ ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ އެމްބަސީގައެވެ.
ސިންގަޕޫރާއި ނިއު ދިއްލީގައި ވޯޓުލުމަށް 200 އައް ވުރެއްގިނަ މީހުނަ ރަޖިސްޓްރީ ކޮއްފައިވެއެވެ.
ރިޔާސީ އިންތިހާބުގައި ނިއުދިއްލީއާއި ސިންގަޕޫރުގެ އިތުރުން 5 ވޯޓުފޮށްޓެއް ރާޖެއިން ބޭރުގައި ބަހައްޓާނެއެވެ. އެއީ ސްރީލަންކާގެ ކޮލަންބޯގައި ބެހައްޓާ ދެ ފޮއްޓާއި، އިންޑިއާގެ ޓްރެވިންޑްރަމް އާއި، އިނގެރޭސި ވިލާތާއި، މެލޭޝިޔާގެ ކުއަލަލަމްޕޫރްގައި ބަހައްޓާފޮށްޓެވެ.