އިލެކްޝަންސް ކޮމިޝަން (އީސީ) މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން އިއްޔެ ކުރި މުޒާހަރާ ސަރުކާރު ހިންގަމުންދާ ޕާޓީ ޕީޕީއެމް އިން ކުށްވެރި ކޮށްފިއެވެ.
ޕީޕީއެމް އޮފީހުގައި މިވަގުތު ކުރިއަށް ގެންދާ ނޫސްވެރިންވެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިއްޔެ އިލެކްޝަންސް ކޮމިޝަން ސަރަޙައްދުގައި ކުރިއަށް ގެންދިޔަ މުޒާހަރާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
"މިފަދަ ގޮތަކަށް ކަންތައް ކޮށްގެން ނުވާނެ! މިއީ އަޅުގަނޑުމެން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަންތައްތައް" އަބްދުއްރަޙީމް ވިދާޅުވިއެވެ.