މެކޭނިކަލް ލޭނޑިން ކްރާފްޓެއް ޕާކިސްތާނުން ރާއްޖެއަށް ހަދިޔާ ކުރަނީ

ކިޔުމަށް ހޭދަވާނީ 53ސ
މެކޭނިކަލް ލޭނޑިން ކްރާފްޓެއް ޕާކިސްތާނުން ރާއްޖެއަށް ހަދިޔާ ކުރަނީ
ރާއްޖެއަށް މެކޭނިކަލް ލޭނޑިން ކްރާފްޓެއް ހަދިޔާކުރުމަށް ޕާކިސްތާނުން ނިންމައިފިއެވެ.

ދިވެހި ކޯސްޓްގާޑުން ކުރައްވާ މަސަށްކަތަށް އެހީތެރިކޮއްދިނުމަށް ލޭނޑިންކްރާފްޓެއް ހަދިޔާކުރުމަށް ޕާކިސްތާނުގެ ނޭވީ ޗީފް އެޑްމިރަލް ޒަފަރު މަހުމޫދް އައްބާސީ ވަނީ ވިދާޅުވެފައެވެ.

އައްބާސީ މިވާހަކަ ވިދާޅުވީ ރާޖެއަށް މިހާރު ކުރަށްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ކުރެއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

ސަރަހައްދުގެ ސަލާމާތާއި ކައްކާތެރިކަން ގާއިމްކުރުމަށް މެރިޓައިމް ސެކިއުރިޓީގައި ދެގައުމު ގުޅިގެން މަސައްކަތްކުރާނެ ދާއިރާތައް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮއްފައެވެ.

ދިވެހިރާއްޖޭގެ ތަރަށްގީއަށް ޕާކިސްތާނުން ދެމުންދާ އެހީތެރިކަމާ އެއްބާރުލުން ފާހަގަކުރައްވައި ކުރިޔަށް އޮތްތާގައި ދެގައުމް ދޭތެރޭގައި ސިޔާސި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރާކަމަށް ރައީސް ޔާމީން އެބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި ބަނަލްލަގުވާމީ މަޝަރަހުން ދެގައުމަށް ކުރިމަތިވާ މައްސަލަތަކުގެ ހައްލު ހޯދުމަށް ދެގައުމު އެކީ މަސައްކަތް ކުރަށްވާނެކަމަށް ވެސްވަނީ ވިދާޅުވެފައެވެ.
މިއަދު އޮންލައިން