ރާއްޖޭގެ އިޤްޠިޞާދަށް އޮތް ބިރު ބޮޑު: 2019 ވަނަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ އަގުތައް އުފުލި ގޮންޖެހުންތައް ކުރިމަތިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ރާއްޖޭގެ އިޤްޠިޞާދަށް އޮތް ބިރު ބޮޑު: 2019 ވަނަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ އަގުތައް އުފުލި ގޮންޖެހުންތައް ކުރިމަތިވާނެ!
ފެށޭ 2019 ވަނަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ އަގުތައް އުފުލި ގޮންޖެހުންތައް ކުރިމަތިވާނެކަމަށް ލަފާކޮށްފިއެވެ. އަގުތައް އުފުލުމުން ދަތުރުކުރާނެ ފަތުރުވެރިންގެ އަދަދު ނިޞްބަތުން މަދުވާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ މާނައަކީ ރާއްޖެފަދަ ފަތުރުވެރިކަމަށް އިޤްޠިޞާދު ބަރޯސާވެފައިވާ ޤައުމުތަކަށް ބޮޑެތި އިޤްޠިޞާދީ މައްސަލަތަކެއް ކުރިމަތިވާނެ ކަމެވެ.
ފަތުރުވެރިކަމާއި ގުޅުންހުރި ގިނަ ފަރާތްތަކެއް ގުޅިގެން ސިންގަޕޫރުގައި ބޭއްވި ސަމިޓަށްފަހު އިއްޔެ ބުނެފައިވަނީ އެއާލައިން ތަކުގެ އަގުތައް 3 އިންސައްތައަށްވުރެ މައްޗަށް އުފުލޭނެކަމަށާއި ހޮޓާތަކުގެ އަގުތައް 4 އިންސައްތައަށްވުރެ މައްޗަށް ބައެއް ޤައުމުތަކުން މިހާރުވެސް އުފުލާފައިވާ ކަމަށެވެ.

ގްލޯބަލް ބިޒްނަސް ޓްރެވަލް އެސޯސިއޭޝަން ގެ ބައްދަލުވުމަށްފަހު ބުނެފައިވަނީ އަގުތައް އުފުލެމުން މިދަނީ ތެލުގެ ބާޒާރުގައި އަގު އުފުލޭތީކަން ފާހަގަކުރާ ކަމަށެވެ.

ދުނިޔޭގެ ފަތުރުވެރިކަމަށް އަރާނެ ކަމަށް ބެލެވޭ މިލޮޅުމުގެ އަސަރު މުޅި ދުނިޔޭގެ އިޤްޠިޞާދަށް ކުރާނެކަންވެސް ސަމިޓުގައި ވަނީ ފާހަގަކޮށްފައެވެ.
މިއަދު އޮންލައިން