ދިވެހިންތަކެއް ވެސް ބައިވެރިވެގެން މަރާލި ޒުބެއިރު, ސީރިއާ އަށް ދިޔައީ އަނބިދަރިން ވެސް ގޮވައިގެން

ކިޔުމަށް ހޭދަވާނީ 56ސ
ދިވެހިންތަކެއް ވެސް ބައިވެރިވެގެން މަރާލި ޒުބެއިރު, ސީރިއާ އަށް ދިޔައީ އަނބިދަރިން ވެސް ގޮވައިގެން
ސީރިއާގައި ހިނގަމުންދާ ދާޚީލީ ހަނގުރާމައިގައި ބައިވެރިވެ، ޖިހާދު ކުރުމުގެ ނަމުގައި އިސްލާމިން ސްޓޭޓް (އައިއެސް) އާއި ގުޅިގެން ހަނގުރާމަ ކުރަމުން ދިޔަ ވ. މެޑަލްޖެހިގެ އަޙުމަދު ޒުބެއިރު ސީރިއާ އަށް ދިޔައީ އޭނާގެ އަންހެނުންނާއި ދެ ދަރިންވެސް ގޮވައިގެން ކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން ބުނެފިއެވެ.

މީދިއާތަކުން މިއަދު ހާމަވާ ގޮތުގައި އައިއެސް އާއި އިދިކޮޅު ޖަމާޢަތެއް ކަމުގައިވާ ތަހުރީރުއް ޝާމް ޖަމާޢަތުން ވަނީ ޒުބެއިރު ހައްޔަރުކޮށް، އޭނާގެ ބޯކަނޑާލައި މަރާލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތަހުރީރުއް ޝާމް އިން ޒުބައިރު މަރާލުމުގައި އެޖަމާއަތާއި ގުޅިގެން ހަނގުރާމަ ކުރަމުންދާ ބައެއް ދިވެހިންވެސް ވަނީ ބައިވެރިވެފައެވެ.

އެންސީޓީސީ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައު ބުނެފައިވަނީ ޒުބެއިރަކީ ދީނީ ހަރުކަށި ފިކުރަށް ތަބަޢާވާ، އެފަދަ ފިކުރުތައް ފަތުރަން މަސައްކަތް ކޮށްފައިވާ ކަމުގެ ރެކޯޑް އޮތް މީހެއް ކަމުގައެވެ.

މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ ޒުބެއިރުގެ މަރާއި ބެހޭގޮތުން ލިބިފައިވާ މަޢުލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރުމާއި، އޭނާއާއިމެދު ކަންތައްތައް ހިނގާފައިވާގޮތް ފުރިހަމައަށް ދެނެގަތުމަށްޓަކައި ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން އެސެންޓަރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މިއަދު އޮންލައިން