މިކަމާއި ގުޅިގެން އައްޝައިޚް ޢަލީ ޒައިދު މިއަދު ކުރެއްވި 3 ވަނަ ޓްވީޓްގައި ވިދާޅުވީ ބުދު ބެހެއްޓުމަށް ކުރިން ވެސް ދިވެހިން ވަނީ ނޫނެކޭ ބުނެފައިކަމަށާއި ދެން ވެސް ބުނާނީ ނޫނެކޭ ކަމަށް އަދި އެފަދަ ކަމެއް ރާއްޖޭގެ ސަރަހައްދުގައި ހިނގާއިރު އެކަމާއި އަޅާނުލުން އެއީ އެކަމުގައި ސަރުކާރު ޖަވާބުދާރީވާންޖެހޭ ކަމެއް ކަމަށެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ތިއަ ތާއީދު ދެއްވަނީ ތާއީދު ގެއްލުމަށް ކަމަށާއި ރާއްޖެއަށް ބުދު އެތެރެކުރުން ހުއްޓުވަން ޖެހޭކަމަށް އަދި އެކަން ހުއްޓުވެން ވެސް ޖެހޭ ކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވަނީ ވިދާޅުވެފައެވެ.
ޝައިޚް ޢަލީ ޒައިދަކީ އިސްލާމް ދީނުގެ ކަންކަމުގައި އެއްވެސް ފޮރުވުމެއް ނުބާއްވަވައި ކަންކަން އޮންނަ ގޮތް ހާމަކުރައްވަމުން ގެންދަވާ ދީނީ ޢިލްމުވެރިއެކެވެ. މިފަދަ ކަންކަމާއި ގުޅިގެން މިދިއަ ރަމަޟާން މަހުގެ ބޮޑު ބައެއްގައިވެސް އިސްލާމިކް މިނިސްޓްރީން ވަނީ ޝައިޚް ޢަލީ ޒައިދުގެ ހުއްދަ ހިފަހައްޓައިފައެވެ.
ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު މޫދު އަޑި ބަލަން ހަދާ ތަނެއްގައި ބޮޑެތި ބުދުތަކެއް ބެހެއްޓުމުން ވެސް ވަނީ އިތުރު ސުވާލުތައް އުފެދިފައެވެ. މޫދު އަޑި ބަލަނީ ކަނޑުގެ ދިރުން ދުށުމަށްކަމަށްވާއިރު އެއްވެސް ޤައުމެއްގައި މޫދުއަޑީގައި ބުދު ކޮއިލު ހަދައިގެން އުޅޭކަން އަދި އެނގިފައެއް ނުވެއެވެ.
"ތިއަ ތާއީދު ދެއްވަނީ ތާއީދު ގެއްލުމަށް. ބުދު ބެހެއްޓުމަށް ކުރިން ވެސް ދިވެހިން ވަނީ ނޫނެކޭ ބުނެފަ. ދެން ވެސް ބުނާނީ ނޫނެކޭ. އެފަދަ ކަމެއް ރާއްޖޭގެ ސަރަހައްދުގަ ހިނގާއިރު އެކަމާ އަޅާނުލުން އެއީ އެކަމުގަ ސަރުކާރު ޖަވާބުދާރީވާންޖެހޭ ކަމެއް! ބުދު ހުއްޓުވަންޖެހޭ! ހުއްޓުވެން ޖެހޭ!"
Thiya jaaga dhehvanee thaaeed gellumah! Budhu behettumah dhivehin kurin ves vanee NO ey bunefa. Dhen ves bunaanee NO ey. Efadha kameh Raajjeyge sarahahdhehga hingaa iru ekamaa alhaanulun eiy ekamugai sarukaaruge javaabdaaree vaan jeheyne kameh! Budu Huttuvan jehey! Huttuven jehey
— Ali Zaid (@alizaid1000) July 24, 2018