ބުދު ބެހެއްޓުން ހުއްޓުވަން މަސައްކަތްކުރުމަކީ ކަނޑައެޅިގެން ވާޖިބެއް: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ބުދު ބެހެއްޓުން ހުއްޓުވަން މަސައްކަތްކުރުމަކީ ކަނޑައެޅިގެން ވާޖިބެއް: ޝައިޚް ޢަލީ ޒައިދު
"ބުދުބެހެއްޓުމަކީ ވަރަށް އުސްތާކުން ވެއްޓުމަށް މަގުފަހިވެދާނެ ކަމެއް. ހުއްޓުވަން މަސައްކަތްކުރުމަކީ ކަނޑައެޅިގެން ވާޖިބެއް" ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރިޒޯޓޭއްގައި މޫދު އަޑި ބަލަން ހެދި ތަނެއްގައި 30 އަށްވުރެ ގިނަ ބުދު ބެހެއްޓުމާއި ގުޅިގެން ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު ހޯމް މިނިސްޓަރ އަޒްލީން އަހްމަދު ރޭ ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޢަބްދުﷲ ޔާމީން ނޫން އެހެން ކެންޑިޑޭޓަކަށް ވޯޓުލުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ކަނޑައަޅުއްވައިފައެވެ.

ޕީޕީއެމުން "ރާއްޖެތެރޭ ޖަގަހަ" ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު ރާއްޖެ އިސްލާމްވީ ފަހުން ރާއްޖޭގައި ހުޅުވި އެންމެ ބޮޑު ބުދުކޯލު، އެންމެ ގިނަ އަދަދެއްގެ ބުދާއިއެކު ހުޅުވި ޚަބަރު ލިބުމުން ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ދީނީ ބައެއް އިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ މިވަރު ބޮޑު ލާދީނީ ޖަރީމާއެއް ހިންގި އިރު ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ނުލިބުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ގިނަ އަދަދެއްގެ ރައްޔިތުން ގެންދަނީ މިހައި ގިނަ އަދަދެއްގެ މިހައި ބޮޑެތި ބުދުތައް ރާއްޖެއަށް އެތެރެވި ގޮތަކާއި މެދު ސުވާލުކުރަމުންނެވެ. އެފަދަ ބުދުތައް ރާއްޖެއަށް އެތެރެކުރުމަކީ ޤާނޫނުގައި ކަނޑައެޅިގެން މަނާ ކަމަކަށްވާއިރު މި ބުދުތައް އެތެރެކޮށްދިން ކަސްޓަމް އޮފިސަރުން ކޮބައިތޯވެސް ދަނީ ސުވާލުކުރަމުންނެވެ.

އެހެން ކަމާއިއެކުވެސް ކަސްޓަމްސްގެ ކަންކަން ވެސް ބަލަހައްޓަވާ ހޯމް މިނިސްޓަރު އަޒްލީން ރޭވެސް ވިދާޅުވީ ލާދީނީ ބައަކީ އިދިކޮޅު ކޯލިޝަން ކަމަށެވެ.

މިއަދު އޮންލައިން