ބޮޑެތި ބުދުތައް ބެހެއްޓުމަކީ އިސްލާމް ދީނަށާ ދިވެހި ރައްޔިތުންނަށް ވެފައިވާ ބޮޑު ޚިޔާނާތެއް: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބޮޑެތި ބުދުތައް ބެހެއްޓުމަކީ އިސްލާމް ދީނަށާ ދިވެހި ރައްޔިތުންނަށް ވެފައިވާ ބޮޑު ޚިޔާނާތެއް: ޝައިޚް އިލްޔާސް

ސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖޭގެ ސަރަހއްދުތަކުގައި ބޮޑެތި ބުދުތައް ބެހެއްޓުމަކީ އިސްލާމް ދީނަށާއި ދިވެހި ރައްޔިތުންނަށް ވެފައިވާ ބޮޑު ޚިޔާނާތެއްކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ މިހާ ފައުޅުކަންބޮޑު ގޮތެއްގައި ތަރައްޤީގެ ނަމުގައި މިފަދަ ބޮޑެތި މުންކަރާތްތައް ހިންގުމަކީ ރައްޔިތުންނަށް އޮޅުވާލުމުގެ އިތުރުން އިސްލާމް ދީނަށާއި ދިވެހި ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށެވެ.

ޝައިޚް އިލްޔާސް ވަނީ ބުދު ބެހެއްޓުން ފަދަ މުންކަރާތްތައް ހިންގުން ވަގުތުން ހުއްޓާލައި ﷲ އަށް ބިރުވެތިވުމަށް ސަރުކާރަށް ނަޞޭޙަތްތެރިވެވަޑައިގެންފައެވެ. އަދި މިފަދަ މުންކަރާތްތައް ހިންގުމުން ސަލާމަތްވެފައިވާ ދުވަހެއް ދިވެހިރައްޔިތުންނަށް ދެއްކެވުން އެދިވަޑައިގެން ޝައިޚް އިލްޔާސް ވަނީ ދުޢާ ކުރައްވައިފައެވެ.

"މިހާ ފައުޅުކަންބޮޑު ގޮތެއްގައި ތަރައްޤީގެ ނަމުގައި މިފަދަ ބޮޑެތި މުންކަރާތްތައް ހިންގުމަކީ ރައްޔިތުންނަށް އޮޅުވާލުމުގެ އިތުރުން އިސްލާމް ދީނަށާއި ދިވެހި ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެކެވެ. ވީމާ ވަގުތުން މިކަންތަްއ ހުއްޓާލާ ﷲ އަށް ބިރުވެތިވުމަށް ނަބޭޙަތްތެރިވަމެވެ. ﷲ މިނޫން ދުވަހެއް ދައްކަވާށި."



މިއަދު އޮންލައިން