ލަދުވެތިކަމެއް ޖެހިލުންވުމެއް ނެތި ފާއިތުވި 5 އަހަރު ރާއްޖޭގެ މުއްސަނދިކަން މިވަނީ ލޫޓުވާލެވިފަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ލަދުވެތިކަމެއް ޖެހިލުންވުމެއް ނެތި ފާއިތުވި 5 އަހަރު ރާއްޖޭގެ މުއްސަނދިކަން މިވަނީ ލޫޓުވާލެވިފަ
ކުޑަވެސް ލަދުވަތިކަމެއް އަދި ޖެހިލުންވުމެއް ވެސް ނެތި ފާއިތުވި 5 އަހަރު ރާއްޖޭގެ މުއްސަނދިކަން މިވަނީ ލޫޓުވާލެވިފައި ކަމަށް މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ވިދާޅުވީ ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ތަރައްޤީގެ މަޝްރޫއުތަކުގެ ހިޔަނީގައި ރައީސް ޔާމީންގެ ސަރުކާރުން ވަގަށް ނަގާފައިވާ އެތައް މިލިއަން ޑޮލަރު އަނބުރާ ހޯއްދެވުމުގެ ޤާބިލުކަން ލިބިވަޑައިގެންފައިވާ އިތުބާރުކުރެވޭ ލީޑަރެއް ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވެފައިވަނީ ވޯޓުގެ ނަތީޖާ ނެރުމަށްޓަކައި އެންމެ ވޯޓަކީ ވެސް ވަރަށް މުހިންމު ވޯޓެއް ކަމަށާއި ދިވެހި ރާއްޖެއަށް ގެއްލިފައިވާ މުއްސަނދިކަމާއި ތަނަވަސްކަން އަނބުރާ ހޯދުމަށްޓަކައި އެންމެން ނުކުމެ އިބޫއަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.



މިއަދު އޮންލައިން