މިއަދު ހާމަކުރި ބޭންކް އޮފް މޯލްޑިވްސް ގެ 2018 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ މާލީ ނަތީޖާތައް ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމުގެ ކުރިން 687 މިލިއަން ރުފިޔާގެ ފައިދާއެއް އެ ބޭންކުން ވަނީ ހޯދާފައެވެ. މިއީ މިދިއަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
2017 ވަނަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާއެއް ލިބިފައިވާއިރު، ބޭންކުން ޓެކްނޮލޮޖީ އަދި މުޖްތަމައަށް ކުރާ އިންވެސްޓްމަންޓް ޕްރޮގްރާމް ބޮޑުވެފައިވާތީ 2018 ވަނަ އަހަރުގެ ފައިދާއަށް އަސަރު ކުރާނެކަމަށް އަންދާޒާކުރެވުނެވެ.ނަމަވެސް، ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ލިބުނު ކުރިއެރުމާއި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ކުޑަކުރުމުގެ ސަބަބުން ފުރަތަމަ 6 މަސްދުވަހުގެ ނަތީޖާ މިވަނީ ލަފާކުރި މިންވަރަށް ވުރެ ރަނގަޅުވެފައެވެ. ދޫކުރި ލޯނާއި ފީ ގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެ 2017 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހާ އަޅާބަލާއިރު ހިންގުމުގެ ފައިދާ ވަނީ %7 އިތުރުވެފައެވެ. މި ވޭތުވެދިޔަ އަހަރުތަކުގައި ދޫކުރެވުނު ލޯނުގެ ފެންވަރު ރަނގަޅުވެފައިވާ މިންގަޑާ އެއްގޮތަށް އުފެއްދުންތެރި ނޫންލޯނުގެ އަދަދު ވަނީ 46 މިލިއަން ރުފިޔާ ދަށްކޮށްފައެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީރޭޝިއޯވަނީ ޤާނޫނުން ލާޒިމްކުރާމިންވަރަށްވުރެ މަތީގައި ހިގެހެއްޓިފައެވެ.
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުވެސް ބޭންކް އޮފް މޯލްޑިވްސް އިން މުޖުތައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްވަނީ ވަރަށް ކާމިޔާބުކަމާއެކުކުރިއަށް ގެންގޮސްފައެވެ. އަދި ހަމައެހެންމެ މޮބައިލް، އިންޓަރނެޓް އަދި ކާޑުގެ ޚިދުމަތްތައް ފުޅާކުރުމަށްވެސް ވަނީ މުހިންމު އިންވެސްޓްމަންޓްތައްކޮށްފައެވެ. މި އިންވެސްޓްމަންޓްތަކުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ބޭންކުގެ ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތް ހޯދުމަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއްވަނީ ލިބިފައެވެ. ދާދި ފަހުން ތައާރަފްކުރި އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ޚިދުމަތަކީ މޮބައިލް ފޯނު މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ޚިދުމަތެކެވެ.މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަދަނީ ޖަމިއްޔާތަކާއެކު ރާއްޖޭގެއެކިކަންކޮޅުތަކުގައި34 ޕްރޮގްރާމެއްވަނީ ހިންގާފައެވެ. ފެބްރުވަރީ މަހުގެ ކޮންމެ ދުވަހަކު ހަރަކާތެއް ހިންގި 'އަހަރެންގެ ބޭންކް ޕްރޮގްރާމް' އާއި އިތުރު ޕްރޮގްރާމްތައް މެދުވެރިކޮށް ތައުލީމާއިކުޅިވަރާއިއަދިތިމާވެށީގެދާއިރާގެ އިތުރުންހިލޭސާބަހަށްމަސައްކަތްކުރާޖަމިއްޔާތަކަށް ވަނީއެހީތެރިކަންފޯރުކޮށްދީފައެވެ.
ބޭންކުގެސީއީއޯއަދިމެނޭޖިންގޑިރެކްޓަރއެންޑްރޫހީލީވިދާޅުވީ "މިއަހަރުގެ ފުރަތަމަ 6 މަސްދުވަސް ކާމިޔާބުކަމާއެކީނިންމާލެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބޭންކުގެފަންޑިންގކޮސްޓާއި އިންވެސްޓްމަންޓް އިތުރުވުމުން ފައިދާއަށް ހީނަރުކަމެއް އަންނާނެކަމަށް ލަފާކުރެވުނު ނަމަވެސް އެއާ ހިލާފަށް އަހަރުން އަހަރަށް މާލީ ނަތީޖާ ރަނގަޅުވަމުންދާކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މި ނަތީޖާ ހޯދުނީ އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކަށް ކަސްޓަމަރުންގެ ޑިމާންޑް އޮތްވަރު އިތުރުވުމާއި ދޫކުރެވުނު ލޯނުގެ ފެންވަރު ރަނގަޅުވުމުން. މި ފުރުސަތުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުހަނު ބުރަކޮށް މަސައްކަތްކުރަމުންދާ ބޭންކުގެ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރަން."
މުޅިރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވާމުޖުތަމައުތަކަށް އެހީތެރިކަންފޯރުކޮށްދިނުންކަމަށް ބޭންކުން ބުނެއެވެ.