މާލޭގައި ކުޑަ އަންހެން ކުއްޖަކު ރޭޕް ކޮށްފި

ކިޔުމަށް ހޭދަވާނީ 53ސ
މާލޭގައި ކުޑަ އަންހެން ކުއްޖަކު ރޭޕް ކޮށްފި
މާލޭގައި ދެ މީހަކު ވެގެން އުމުރުން 17 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކޮށްފިއެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ފުލުހުން ތަޙުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވައިފިއެވެ. ނަމަވެސް މިމައްސަލައާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއަންހެން ކުއްޖާ ދިރިއުޅެނީ ހުޅުމާލޭގައެވެ. އޭނާ ރޭޕް ކޮށްފައިވަނީ އެކުއްޖާ މާލޭގައި ކިޔަވަން އަންނަ ކޮލެޖު ދޮރުމަތީގައި ހުއްޓާ ގަދަކަމުން ދެމީހަކު ވެގެން އޭނާ އެކަހެރި ތަނަކަށް ގެންގޮސް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އަންހެން ކުއްޖާ ރޭޕް ކުރި ވާހަކަ އާއިލާ މެންބަރުންނަށް އަންގާފައިވަނީ ރޭ ހުޅުމާލެއަށް ގޮސްފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެކުއްޖާ ރޭޕް ކޮށްފިކަމުގެ މައުލޫމާތު ލިބުމުން އާއިލާއިން ރޭގެ ވަގުތެއްގައި އެކުއްޖާ އައިޖީއެމްއެޗް އަށް ގެންދިޔަ ކަމަށާއި ފުލުހަށް މައްސަލަ ހުށަހެޅީވެސް އާއިލާއިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއަދު އޮންލައިން