12 މެންބަރުންގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ބުނި ބައި ބާތިލު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
12 މެންބަރުންގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ބުނި ބައި ބާތިލު ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް، މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހިމެނޭ ބައި، އެކޯޓުން މިއަދު ބާތިލު ކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު އެއަމުރުގެ އެބައި ބާތިލު ކޮށްފައިވަނީ އެކޯޓަށް އަލަށް އައްޔަނު ކުރި ދެ ފަނޑިޔާރުންނާއެކު ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ތިއްބެވި ބެންޗުންނެވެ.

ރާއްޖޭގެ ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅި މިމައްސަލައިގައި އަންގާފައިވަނީ، ސުޕްރީމް ކޯޓުގެ އެކެއް ފެބްރުއަރީ ގެ އަމުރުގައި ބުނެފައިވާ ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން އެކޯޓުން ކުރިން ނެރުނު ހުކުމް ބާތިލު ކުރި ބަޔާއި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އަމުރުގައި ބުނެފައިވާ ބައި ބާތިލު ކުރުމަށެވެ.

މިމައްސަލައާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ފްލޯ ކްރޮސިންއާއި ގުޅޭ ގޮތުން އެކޯޓުން ކުރިން ނެރުނު ހުކުމް ބާތިލު ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެފައިވާ ބައި ބާތިލު ކަމަށެވެ.
މިއަދު އޮންލައިން