ފުލުހުންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ސްޓާފް ސާޖެންޓު ރޭންކުގައި ހުރި ފިރިހެން ފުލުހަކު، ފުލުހުންގެ މުއައްސަސާއަށް އަލަށް ގުޅުނު އަންހެން މުވައްޒަފަކަށް މެސެޖުކޮށް އެފިރިހެން ފުލުހުގެ ބަރަހަނާ ފޮޓޯއެއް ފޮނުވި މައްސަލައެއް، ފުލުހުން މިއަދު ބަލަން ފަށައިފިއެވެ.
ފިރިހެން ފުލުސް މީހާގެ ބަރަހަނާ ފޮޓޯއާއި މެސެޖުތަކެއް ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައި ވަނީ އެފަދަ މައްސަލައެއް ފެންމަތިވެފައިވާތީ އެމައްސަލަ ބަލަމުންދާ ކަމަށެވެ. މައްސަލައާއި ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.
ފުލުހުން ބަލަމުން ގެންދާ މިމައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ ފިރިހެން ފުލުސް މީހާ ހުރީ ވަޒީފާއިން ސަސްޕެންޑު ކޮށްފައި ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.