މިއަދުގެ ރަސްމިއްޔާތުގައި ނާބިޙް ބުނީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަކީ ކިޔަވައިދިނުމަށް ވަރަށް ބޮޑަށް ގަދައަޅައި މަސައްކަތްކުރާ ސްކޫލެއް ކަމަށެވެ. ދަރިވަރުންނަށް ދިމާވާ ކަންކަމުގައި ކޮންމެ ވަގުތަކުވެސް އެހީތެރިވެދީ ދަރިވަރުންގެ ފެންވަރު މަތިކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ސްކޫލެއް ކަމަށެވެ. އެގޮތުން ޓީޗަރުންނާއި މެނޭޖްމަންޓް ސްޓާފުން ދަރިވަރުންނަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށް ނާބިޙް ވަނީ ޝުކުރު އަދާކޮށްފައެވެ.
ނާބިޙް ބުނީ މިއަދު ލިބުނު 1 ވަނަ ލިބުނީ އޭނާއަށް ނަމަވެސް އެ އިނާމުގެ ހައްޤުވެރިންނަކީ އޭނާގެ މަންމަ އާއި ބައްޕަ ކަމަށެވެ. މަންމަ އާއި ބައްޕަ އޭނާއަށް ދިން އެއްބާރުލުމަށާއި ކޮންމެ ކަމެއްގައި ވެސް އެހީތެރިވެދީ ހިއްވަރު ދެމުން ގެންދިއަކަން އެއީ މިއަދު މިމަޤާމު ޙާޞިލުކުރެވުނު ސަބަބު ކަމަށެވެ.