މެންބަރުންގެ ގޮނޑީގެ މައްސަލައިގައި ނިހާއީ ހުކުމެއް އިއްވަން ޖެހޭ- ސުޕްރީމް ކޯޓު

ކިޔުމަށް ހޭދަވާނީ 45ސ
މެންބަރުންގެ ގޮނޑީގެ މައްސަލައިގައި ނިހާއީ ހުކުމެއް އިއްވަން ޖެހޭ- ސުޕްރީމް ކޯޓު
ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ މައްސަލަ އަލުން ބަލަން ޖެހޭ ކަމަށް ކަނޑައަޅައި، މެންބަރުންނާއި ގުޅޭގޮތުން ނިހާއީ ހުކުމެއް އިއްވަން ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު، މެންބަރުންގެ ގޮނޑިއާއި ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ބައި ބާތިލް ކުރަން އެކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމުމަށްފަހު އެމެންބަރުން ވަކިވަކިން ކޯޓަށް ހުށަހެޅި މައްސަލަތައް ބަލަން ޖެހޭކަން ވެސް މިއަދުގެ ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވުނު މިމައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ ވިދާޅުވީ 12 މެންބަރުންގެ ގޮނޑިތަކުގެ މައްސަލައިގައި "ދުސްތޫރީ މައްސަލައެއް" އުފެދިފައި އޮތް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
މިއަދު އޮންލައިން